Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 17:02
އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް
އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް
ފޭސްބުކް
އައްޑޫ ސިޓީ
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި
މޮނިއުމެންޓް ނެގީ މަރާމާތަށް ކަމަށް ހައުސިން އިން ބުނޭ
ބައެއް ފަރާތްތަކުން ބުނަނީ އެ މޮނިއުމެންޓް ނެގީ ބްރިޖް ކައިރީ ބަހައްޓަން މާލެ ގެންދިއުމަށް ކަަމަށް
މިނިސްޓްރީގެ އޮފިޝަލަކު ބުނަނީ ޖުލައި 26 އަށް އަލުން މޮނިއުމެންޓް ބަހައްޓާނެ ކަމަށް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓާ ދިމާކޮށް ބެހެއްޓި މޮނިއުމަންޓް ނަގައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މޮނިއުމެންޓް ނަގާފައި ވަނީ ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ ގުޅިގެންނެވެ.

މޮނިއުމަންޓް ނެގުމުން އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ޝޯޝަލް މީޑިއާގައި ދަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ، މޮނިއުމަންޓް ނެގީ ސިހުރު ހަދަން ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ،  މޮނިއުމަންޓް ނަގާފައިވަނީ އޭގެ ބުޑު ވަރަށް ބޮޑަށް ދަބަރަށްފޮޅި ހަލާކުވެފައިވާތީ މަރާމާތަށްކަމަށެވެ. އަދި މަރާމާތަށް ފަހު ޖުލައި 26 ގެ ކުރިން މޮނިއުމަންޓް އަލުން ހުރިތަނުގައި ބަހައްޓާނެ ކަމަށެވެ.

ދޮންދިނި މޮނިއުމެންޓް ނެގުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މޮނިއުމެންޓް ނެގީ ބްރިޖް ކައިރީ ބަހައްޓަން މާލެ ގެންދިއުމަށް ކަަމަށެވެ.

ސާކް ސަމިޓާ ގުޅިގެން އައްޑޫއަށް ގެންދިޔަ ގިނަ ސާމާނުތަކެއް މީގެ ކުރިން ވެސް ވަނީ މާލެ ގެނެސްފައެވެ.

އެގޮތުން އައްޑޫ އީސީގައި ހުރި، ގޮނޑިތަކާއި އެހެނިހެން ބައެއް ސާމަނުތަކުގެ އިތުރުން އައްޑޫގައި ހުރި ޖަނަރޭޓަރ ސެޓެއް ވެސް މާލެވަނީ ގެނެސްފައެވެ. އަދި ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ވެސް ވަނީ އެމްޑީޕީގެ ސަރުކާރަށް ފަހު ހަލާކުކޮށްލަން ދޫކޮށްލައި އެތަނުގައި ހުރި ގިނަ ތަކެތި ވެސް މާލެ ގެނެސްފައެވެ. އަދި މިހާރު އެތަނުގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް