Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 14:48
ޗިލެކްސް ހިންގި އިމާރާތް
ޗިލެކްސް ހިންގި އިމާރާތް
ވީނިއުސް
ޗިލެކްސް
ޗިލެކްސް ތަޅާލުމަށް ފަހު ގެންދިޔައީ ހުދު ވެލައެއް!
ޗިލެކްސް އިމާރާތް ތަޅާލީ މިދިޔަ މަހު

ކާނިވާ ސަރަހައްދުގައި ހިންގަމުންދިޔަ ޗިލްކްސް ކެފޭ ތަޅާލައި އެތަނުގައި އޮތް ހުދު ވެލައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުދު ވެލާ ބާއްވާފައި އޮތީ ޗިލެކްސް ކެފޭގެ ސިޑި ދަށުގައި ހަދާފައި އޮތް ފެންގަނޑުގެ ތެރޭގަ އެވެ.

އިތުބާރު ހުރި މަސްދަރުތަކަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ޗިލްކްސް ހިންގި އިމާރާތް ތަޅާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެލާ ގެންދިއުމަށް ފަހުގަ އެވެ.

އެ ކެފޭ ހިންގި އިމާރާތް ތަޅާލުމުގެ ކުރިން ފުލުހުން ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެ ކެފޭ ބަންދުކޮށްފަ އެވެ. އެ ދުވަހު ފުލުހުން ވަނީ އިމާރާތް ވަށައި ޓޭޕް ދަމައި، އެތަން ހުޅުވުން މަނާކޮށްފަ އެވެ.

ވެލާ ގެންދިއުމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މި ވެލާ ބޮޑު އަގުގައި ވިއްކަން އުޅުނުކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 01:04
އަލްބިއުމެން
ކުލަޖައްސާފަ އޮތް ފޭކެއް. އަސްލު ގެއްލިއްޖެ... ވެރިކަމަށް ވެފަ އޮތް ގޮތަށް ހހެ
6 ޖުލައި 2017 | ބުރާސްފަތި 19:41
ޙީޙީ
ޥެލައެއް ނޯއްނާނެ