Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 12:12
ފައިނޭޝަލް އެކްސްޕޯ މިނިސްޓަރ ބައްދަލަވާލަނީ
ފައިނޭޝަލް އެކްސްޕޯ މިނިސްޓަރ ބައްދަލަވާލަނީ
ރާއްޖެއެމްވީ
މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ
ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު
ހުޅުމާލޭގައި 40،000 ހައުސިން ޔުނިޓް އެޅިގެންދާނެ
7000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށްޓަކައި ލޯނު ވަނީ ހަމަޖެހިފައި
ސަރުކާރުން އަންނަނީ އަތޮޅު ތެރޭގައި ވެސް ބޯހިޔާވެރިކަމުގެ މަޝްރޫއުތައް ހިންގަމުން

ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ 7,000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ނިމުމުގެ ކުރިން ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަރުބާރު ގޭގައި ބުރާސްފަތި ދުވަހު ފެށި "ފައިނޭންޝަލް އެކްސްޕޯ 2017" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން، ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލެއަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި މިހާތަަން ގާއިމް ކުރެވިފައި ވަނީ 2,500 ހައުސިން ޔުނިޓް ކަމަށްވާ އިރު، މިއީ ވަރަށް މަދު އަދަދެއް ކަމަށެވެ.

ހުޅުމާލޭގައި އެންމެ އެކަށީގެންވާ މިންވަރަށް މިފާއިތުވެދިޔަ ދުވަސްތަކުގައި ގެދޮރުވެރިކަމަށް ހައްލެ ހޯދާދެވިފައިނުވާ އިރު ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ކަމަށް އަވަސް ހައްލުތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އެއްފަހަރާ 7,000 ފްލެޓް އެޅުމަށްޓަކައި ލޯނު ހަމަޖެހިފައިވާ އިރު، އެ މަސައްކަތުން މާލޭގެ ގެދޮރުވެރިކަމަށް ހައްލުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޝޯޝަލް ހައުސިންގެ ގޮތުގައި 7,000 ފްލެޓް އެޅިގެންދާއިރު  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅި ޖުމްލަ 40,000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވި އެވެ.

 މިނިސްޓަރ ވިދާޅުވީ، މާލޭގެ އިތުރަށް އަތޮޅުތަކުގައި ވެސް ގެދޮރުވެރިކުރުވުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ.

" މިހާރު މަސައްކަތް ނިމިފައިވާ އެތައް ސަތޭކަ ހައުސިން ޔުނިޓްތަކެއް އެބަހުރި. އައްޑޫ ސިޓީ، ފުވައްމުލަކު، ހުވަދުއަތޮޅުގެ ގިނަ ރަށްތަކެއްގައި  އަދި އުތުރުގެ ގިނަ ރަށްތަކެއްގައި އެބަ ހުރި ވަރަށް ގިނަ ހައުސިން ޔުނިޓްގެ މަސައްކަތްތައް ނިމިފައި. މީގެ ތެރެއިން މިހާރު ކުރެވެމުންދަނީ އެ ތަންތަން ހަވާލު ކުރުމުގެ މަސައްކަތްތައް،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ވިސްނުމަކީ، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ހިންގާ، ރައްޔިތުންނަށް ގެދޮރު ހޯދާދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

" ގެދޮރިވެރިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގައި މިހާރަށްވުރެ ބޭންކްތަކުގައި ފައިސާ ހޯދުމަށް ފަސޭހަ ގޮތްތަކެއް މަގުފަހިވެއްޖެނަމަ ކުރިއަށް އޮތްތަނުގައި ގެދޮރުބިނާކުރުމަށް ފަރުދީ ފެންވަރުގައި  ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 20:22
އަލީ
މިހާރު ނިމިފައި ހުރި ފުލެޓްތައް ބަޔަކަށް ދިންކަމުގެ ހަބަރުތައް ލިބޭ (ހުޅުމާލޭގަ ނިމިފައި ހުރި
6 ޖުލައި 2017 | ބުރާސްފަތި 14:16
އަހުމަދު
މުއިޒް އެބުނާ 7000 ސޯސަލް ހައުސިން ފުލެޓް ހުޅުމާލޭގައި އަޅާނަމަ 7 އަހަރުވަންދެން ނުކައި ހުންނާނެވެ. މުއީޒްއަކީ މި ސަރުކާރުގައި މިނިސްޓަރުން ތެރޭގައި ދޮގާއި މަކަރު ހެދުމާއި އޮޅުވާލުމުގެ ނަމޫނާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ދުވަސްވަރު ދެކުނުގެ އަތޮޅުތަކަށް ހަމަޖައްސާފައިވާ 1500 ފުލެޓްގެ ތެރެއިން 700 ފުލެޓް ހުޅުމާލެއަށް ބަދަލުކޮށް އެފުލެޓްތަށް ނިމި އެދަނީ އެތަންތައް ހަލާކުވަމުންނެވެ. ދެން އަމިން ކޮންސްޓްރަކްޝަން އަޅަނީ ލަގްޒަރީ ފުލެޓް، ރޭންބޯއިން އަޅަނީ ލަގްޒަރީ ފުލެޓް އެންސިސްއިން އަޅަނީ ލަގްޒަރީ ފުލެޓް އެޕޯލޯއިން އަޅަނީ ލަގްޒަރީ ފުލެޓް އިންޑިޔާ ގްރޫޕް އަޅަނީ ލަގްޒަރީ ފުލެޓްތަކެވެ. މިފުލެޓްތަކަކީ ދިރިއޫޅޭ ހާލަތަށްބަލާފައި ދޭ ފުލެޓް ނޫންނެވެ. ލާރި ދިންވަރަކަށް ފުލެޓް ލިބޭނެއެވެ. ސޯސަލް ހައުސިން ފުލެޓްތަކަކީ ދިރިއުޅޭ ހާލަތާއި ލިބޭއެއްޗަކާއި ދަރީންނާއި އަދިވެސް އެކިގޮތްގޮތަށް ބަލާ ޕޮއިންޓްގެ އުސޫލުން ދޭން ފުލެޓްވެ. ދެން ލަންކާގެ ކޮރަލްއިން އަޅާފުލެޓްތަށް އަދި ކިރިޔާ ބޯހިއްލާލީއެވެ. އެވިސް އެއީ ހަމަ ލަގްޒަރީ ފުލެޓްވެ. އެހެން ކަމުން ގަޓު ހުރިކަމަށްވަންޏާ ތިއަޅާ 7000 ސޯސަލް ފުލެޓް ރައްޔިތުންނަ ދައްކާލަ ބަލާށެވެ