Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 11:14
ޑރ. ޖަމީލު ނާއިބު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވަނީ
ޑރ. ޖަމީލު ނާއިބު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވަނީ
ރައީސް އޮފީސް
ޑރ. ޖަމީލު
ޑރ. ޖަމީލު ވިދާޅުވަނީ "ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ"
ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް
ނާއިބު ރައީސް ކަމުން ޖަމީލު ވަކިކުރައްވާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން
މަޖިލީހުގެ މެޖޯރިޓީ ބޭނުންކުރައްވައިގެން ސަރުކާރުން ގިނަ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ގިނަ ސިޔާސީ ލީޑަރުން ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީއާ އެކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިންގެވި ޖަރިމާތައް މަތިން ހަނދުމަ އެބަހުރިތޯ ވިދާޅުވެ، އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފި އެވެ.

ރައީސް ޔާމީންއަށް ޖަމީލު ރައްދު ދެއްވާފައި ވަނީ މަޝްހޫރު ދިވެހި ލަވަޔަކުން ތަންކޮޅެއް ހިމަނައިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލު ކުރެއްވި ޓްވީޓްގައި ވަނީ "ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ" އެވެ. އަދި ރައީސް ޔާމީން މަޖިލިސް މެމްބަރުން މެދުވެރިކޮށް ހިންގެވި ޖަރީމާތައް މަތިން ހަނދާން އެބަހުރިތޯ ވިދާޅުވެ ޖަމީލު ވަނީ ސުވާލު ކުރައްވާފަ އެވެ.

ޖަމީލު އެގޮތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ނައިބު ރައީސް ކަމުގެ މަގާމުން ޖަމީލު ބޭރުކޮށްފައި ވެއެވެ. ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލު ދުރުކުރުމަށް ފަހު ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އެވެ.

ނާއިބު ރައީސް ކަމުގެ މަގާމަށް އަދީބު ގެންނެވުމަށާއި ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލަކީ ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ކަމަށް ސިޔާސީ ގިނަ ލީޑަރުންނާއި ދިވެހި ރައްޔިތުން ބުނަމުންދެއެވެ.

ޖަމީލު އެގޮތަށް ރައީސް ޔާމީންއަށް ނިސްބަތްކޮށް ވިދާޅުވިއިރު، ސަރުކާރަށް މިވަނީ މެޖޯރިޓީ ގެއްލިފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިވަނީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފަ އެވެ.

އެމައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައިހުރި ގިނަ ހިތްމަނުޖެހުންތަކެއް ދަނީ ފެންމަތިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 12:50
ހަސަން
ހުރިހާކަމެއް ފައިސާގެ ބާރުގައި ކުރަން ވެއްޖިއްޔާ އެ އީ އެތަނެއްގެ ހަލާކު.... ރާއްޖޭގަ ގިނަ މުއައްސަސާތަކުގަ ތިއްބަވަނީ ކޮރަޕްޓްބޭފުޅުންކަމައް ރައްޔިތުން ތުހުމަތު ކުރަން ޖެހެނީ މިހާރު ލޮލައް ފެންނަ ކަންތައް ތަކައް ބިނާކޮއް. ވަރައް ހިތާމަ ހުރިކަމެއް. ހުރިހާކަމެއް ގޮއްމުށުގެބާރުން ކުރެވެނީ ތަންތަނުގެ ވެރިންގެ ފިޑިކަމުން ނޫނީ ވިކިފަ ތިބޭތީ