Advertisement
ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 14:50
ރ މަޑުއްވަރި
ރ މަޑުއްވަރި
ސޯޝަލް މީޑިއާ
މަޑުއްވަރީގައި އެކްސިޑެންޓެއް ހިނގުން
ރ މަޑުއްވަރީގައި އެކްސިޑެންޓެއް ހިނގައި އެރަށު ކައުންސިލުގެ އެސްޖީ ނިޔާވެއްޖެ
މި ޙާދިސާގައި ނިޔާވެފައިވަނީ އެރަށު ކައުންސިލުގެ ސެކެޓަރީ ޖެނެރަލް އަހުމަދު އަސްލަމް
ޙާދިސާ ހިނގީ ޕިކަޕު ގަރާޖަށް ވައްދަނިކޮށް

ރ މަޑުއްވަރީގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ޕިކަޕެއް ފަހަތަށް ޖައްސާލި ވަގުތު އެ ޕިކަޕު ފަހަތުގައި ހުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

Advertisement

މި ޙާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އެކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުން ބުނީ، ޙާދިސާ ހިނގީ ޕިކަޕު ގަރާޖަށް ވައްދަނިކޮށް ކަމަށާއި، މި ޙާދިސާގައި ނިޔާވެފައިވަނީ އެރަށު ކައުންސިލުގެ ސެކެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ކަމަށެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް