Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 09:34
ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ސްޓޯލްތައް ބައްލަވާލައްވަނީ
ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ސްޓޯލްތައް ބައްލަވާލައްވަނީ
ރާއްޖެއެމްވީ
ފައިނޭންޝަލް އެކްސްޕޯ
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު
މާލޭގައި އިތުރު ހައުސިން ޔުނިޓްތަކެއް ބިނާކުރަން އިއުލާން ކުރާނަން
އެއީ މެދުފަންތި އާއި މަތީ ފަންތީގެ ފްލެޓްތަކެއް
ހުޅުމާލޭގައި ބިނާކުރާނީ ސޯޝަލް ހައުސިން ޔުނިޓް

ބޯހިޔާވަހި ކަމަށް މިހާރަށް ވުރެ ލުއި ގޮތުގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ހައުސިން ލޯނު ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފި ނަމަ، ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

 

"އެކަން އިރާދަކުރެއްވިއްޔާ ހާސިލްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

 

މިހާރަށް ވުރެ ބޮޑަށް ލޯނު ލިބުން ފަސޭހަ ކުރުމަށްޓަކައި ބޭންކުތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށް، ގުޅެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގައި އިތުރު ހައުސިން ޔުނިޓްތަކެއްް އިމާރާތްކުރަން އިއުލާނު ކުރާނެ ކަމަށާއި އެ ހައުސިން ޔުނިޓްތަކަކީ މެދު ފަންތީގެ އަދި މަތީ ފަންތީގެ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އަދި ހުޅުމާލޭގައި އިތުރު ހައުސިން ޔުނިޓްތަކެއް އިމާރާތްކުރަން ވިސްނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

މި ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ 7000 ހައުސިން ޔުނިޓް ހަވާލުކުރާނެ ފަރާތްތައް މި ދައުރުގައި ކަނޑައެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

ދަރުބާރުގޭގައި ބާއްވާ ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ދާނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް