ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 09:17
އަނަންނިޔާ ޕާންޑޭ (ވ)
އަނަންނިޔާ ޕާންޑޭ (ވ)
ގޫގުލް
"ސްޓޫޑެންޓް އޮފް ދި އިޔާ 2"
"ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ފެނިގެން ދާނީ އަނަންނިޔާ؟
އަނަންނިޔާ ވަނީ މީގެ ދެ މަސްދުވަސްކުރިން ސެލެބްރިޓީ ފިޓްނެސް ޓްރެނިންއިން ގްރެޖުއޭޓް ވެފައި

"ސްޓޫޑެންޓް އޮފް ދި އިޔާ 2" ގައި ޓައިގާ ޝްރޮފްއާ އެކު ފެނިގެންދާނީ ޗަންކީ ޕަންޑޭގެ ދަރި އަނަންނިޔާ ޕަންޑޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން ވެސް މި ފިލްމުގައި ޓައިގާއާ އެކީ ފެނިގެންދާނެ އެކި ތަރިންގެ ނަންތައް އާންމު ވިއެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން އާއި ދިޝާ ޕަޓާނީ ގެ އިތުރުން ޖަންވީ ކަޕޫރުގެ ނަން ފެތުރުނެވެ. އެހެން ނަމަވެސް މިއިން އެއްވެސް ނަމެއް މިހާތަނަށް އެ ފިލްމު ހަދާ ދަރްމާ ޕްރޮޑަކްޝަނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

"ސްޓޫޑެންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރަކީ ކަރަން ޖޯހަރެވެ. މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާ ބެހޭ ގޮތުން އަދި ޔަގީންވެފައިވާ ނަމަކީ ހަމަ އެކަނި ޓައިގާ އެކަންޏެވެ. އެހެން ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނެފައި ވަނީ ކަރަން ޖޯހަރު މިހާރު ވަނީ އަނަންނިޔާ ޕާންޑޭ މި ފިލްމުގެ އެކްޓަރަކަށް ނަގާފައި ކަމަށެވެ.

އިންޑިއާގެ ނޫހަކަށް ޗަންކީ ޕަންޑޭ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު އަނަންނިޔާ  މިހާރު ފިލްމު އިންޑަސްޓްރީއަށް ވަންނަން ތައްޔާރަށް ހުރި ކަމަށާއި ފިލްމު އިންޑަސްޓްރީގެ ބޮޑު ފިލްމަކުން ފެނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަނަންނިޔާ ވަނީ މީގެ ދެ މަސްދުވަސްކުރިން ސެލެބްރިޓީ ފިޓްނެސް ޓްރެނިންއިން ގްރެޖުއޭޓް ވެފައެވެ. މީގެ އިތުރުން އަނަންނިޔާގެ ދެބެއިންގެ ދެދަރި އަހާން ޕާންޑޭ ވެސް އަންނަނީ ބޮލީވުޑަށް ވަނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް