Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 07:22
ފަރަށް އުރިފަ ވަނީ "ޓްރާންސްޕޯޓް 1" ނަމަކަށް ކިޔާ ދޯންޏެއް
ފަރަށް އުރިފަ ވަނީ "ޓްރާންސްޕޯޓް 1" ނަމަކަށް ކިޔާ ދޯންޏެއް
އެމްއެންޑީއެފް
ދޯންޏެއް ފަރަށް އެރުން
މުދާ އުފުލާ ދޯންޏެއް ބޮލިފުށީ ފަރަށް އުރިއްޖެ
ކަނޑިންމަ ރިސޯޓަށް ސަޕްލައި ހިފައިގެން ދިޔަ ދޯންޏެއް
ދޯނި ފަރަށް އެރީ ފަތިހު
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ބޮލިފުށީ ފަރަށް އުރިއްޖެ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި ފަރަށް އުރިފައި ވަނީ މާލެއިން ފުރައިގެން ދ. ކަނޑިންމަ ރިސޯޓަށް ދަތުރުކުރަމުން ދިޔަ "ޓްރާންސްޕޯޓް 1" ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެކެވެ. އެކަން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ ފަތިހު 5:17 ހާއިރު އެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ރިސޯޓް ސަޕްލައި އަށް ބޭނުންވާ މުދަލެވެ. އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް