ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 07:38
މިނިސްޓަރު ޝާހިދު ސީއައިޑީސީއޭގެ ވައިސް ޗެއަރމަން ޑަން ބޮކިންގއާ ބައްދަލުކުރެއްވުން
މިނިސްޓަރު ޝާހިދު ސީއައިޑީސީއޭގެ ވައިސް ޗެއަރމަން ޑަން ބޮކިންގއާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓްރީ
ރާއްޖެ-ޗައިނާ ގުޅުން
މި ގުޅުން އެތައް އަހަރަކަށް ދެމިގެންދާނެ: ޝާހިދު
ޗާއިނާއިން ރާއްޖެއަށް ވެދޭ އެހީއަށް ޝާހިދު ޝުކުރު އަދާކުރެއްވި

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ވަރުގަދަކަމާއެކު އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއަރމަން، ޑަން ބޮކިންގ ވަނީ އާދިއްތަ ދުވަހު މިނިސްޓަރު ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް ވަމުންދާ އެހީއަށް ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑަން ބޮކިންގ ވަނީ ޗައިނާގެ ގްލޯބަލް ޑިވެލޮޕްމެންޓް އިނީޝިއޭޓިވްގެ ދަށުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާއި ކުރިއަށްހުރި ކަންކަން ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ޗީއައިޑީސީއޭއިން ރާއްޖޭގައި އައު ޕްރޮޖެކްޓުތައް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޚާއްސަކޮށް އިތުރު 4 ހޮސްޕިޓަލު ރާއްޖޭގައި އެޅުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތައްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިއޮތް ގުޅުން ވަރުގަދަކަމާއެކު ޒަމާންތަކަކަށް ދެމިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް