ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 01:40
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ކަރަންޓު ކެނޑުން
ބުރުޒު މަގުގެ އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ
ޑިސްޓްރިބިއުޝަން ކޭބަލަކަށް ވަނީ ގެއްލުންވެފައި
މި މަސައްކަތަށް 2 ގަޑިއިރު ހޭދަވާނެ
ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭ ބުރުޒުމަގުގެ އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ، އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.

އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

އެކުންފުނިން ބުނީ މި މަސައްކަތް ނިންމައި އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް 2 ގަޑިއިރު ހޭދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް