ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 17:14
ޕްލޭނިންގ މިނިސްޓްރީ އާއި އާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީ އާއި އާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޕްލޭނިންގ މިނިސްޓްރީ
އިހަވަންދޫ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކޮށްފި
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
މިއީ 102.8 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހއ. އިހަވަންދޫ މަގުތައް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނެވެ.

މި މަޝްރޫއުގެ ދަށުން އިހަވަންދޫގެ 6.9 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އާރުޑީސީން ކުރާނެއެވެ.

މި މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް (102،846،733.89) ސަތޭކަ ދެ މިލިއަން އަށް ލައްކަ ސާޅީސް ހަ ހާސް ހަތްސަތޭކަ ތިރީސް ތިން ރުފިޔާ އައްޑިހަ ނުވަ ލާރި އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް