ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 14:50
ލަބީގު މުހައްމަދު މާހިދު
ލަބީގު މުހައްމަދު މާހިދު
ރާއްޖެއެމްވީ
ލަބީގު ވަކިކުރުން
އެންވަޔަރަންމެންޓް މިނިސްޓްރީން ލަބީގު ވަކިކޮށްފި
އޭނާ ހުންނެވީ އެންވަޔަރަންމެންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައި

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީގު މުހައްމަދު މާހިދު މަގާމުން ވަކިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުން އޭނާއަށް ފޮނުވި ސިޓީއެއްގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، އޭނާ މަގާމުން ވަކިކުރައްވާފައިވާކަމަށެވެ.

އޭނާ އެންވަޔަރަންމެންޓް މިނިސްޓްރީގައި ހުންނަވައިގެން ލަބީގު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ރައީސް ޝުކުރުއަދާކުރައްވާކަމަށް މި ސީޓިގައިވެއެވެ.

ލަބީގު މަގާމުން ވަކިކުރެއްވި ސަބަބު ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެނާ ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ޚިޔާލުތައް ސޯޝަލް މީޑިއާގައި ފާޅުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް