Advertisement
ކ. މާލެ
|
27 މާރޗް 2023 | ހޯމަ 22:08
ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލުކުރުން
ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލުކުރުން
ސްޓެލްކޯ
ހިޔާ ސަރަހައްދުން ކަރަންޓު ކެނޑުން
4 ގަޑިއިރުފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ ހަވީރު 5:20 އެހާއިރު
ކަރަންޓު ކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން
މިހާރު ވަނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓާފައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުގެ ބައެއް ޓަވަރުން ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓު ދީފިއެވެ.

ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 5:20 އެހާއިރުއެވެ. ސްޓެލްކޯއިން ބުނީ މިރޭ 9:30 އެހާއިރު ޓަވަރުތަކަށް ކަރަންޓު ދެވިފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.

Advertisement

މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ ހިޔާގެ ފުރަތަމަ ޓަވަރުގައި މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓްގެ ބަދަލުގައި އެހެން އާރުއެމް ޔުނިޓެއް ގުޅާފައެވެ. އަދި އެ ސަބްސްޓޭޝަންގެ ކޭބަލްތައް އައު އާރުއެމް ޔުނިޓަށް ބަދަލުކޮށްފައެވެ. މިގޮތުން 9 ކޭބަލްއެއް އައު އާރްއެމް ޔުނިޓަށް ބަދަލުކޮށްފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި، ކަރަންޓު ކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް