ކ. މާލެ
|
27 މާރޗް 2023 | ހޯމަ 18:19
ހިޔާ
ހިޔާ
ރާއްޖެ އެމްވީ
ހިޔާ ފްލެޓުން ކަރަންޓު ކެނޑުން
ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
މައްސަލަ ދެނެގަނެ އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މައްސަލަ ދެނެގަނެ ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ސްޓެލްކޯއިން ބުނެއެވެ.

މައުލޫމާތުލިބޭގޮތުގައި ހިޔާއިން މިއަދު ހަވީރު 5:20ން ފެށިގެން ވަނީ ކަރަންޓު ކެނޑިފައެވެ. ހިޔާގެ ގިނަ ފްލެޓުތަކުން ކަރަންޓު ކެނޑިފައިވާކަމަށް މައުލޫމާތުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް