ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 07:40
އައިމިނަތު ޖައިޝާ ޖުނީޒް ކުރިން ރޭހެއްގައި ދުވަނީ
އައިމިނަތު ޖައިޝާ ޖުނީޒް ކުރިން ރޭހެއްގައި ދުވަނީ
އެމްއޯސީ
އިންޑިއަން ގްރޯން ޕްރީ
އިންޑިޔާ މުބާރާތުގެ 800 މީޓަރުން ޖާއިޝާއަށް ތިންވަނަ!
ކުޑަ ރިޒާ ރޭސް ނިންމީ ފަސް ވަނާގައި

އިންޑިޔާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުގައި ވާދަކޮށް ރާއްޖާގެ އާމިނަތު ޖާއިޝާ ޖުނީޒް ތިންވަނަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ރާއްޖޭގެ އެއްވަނަ އަންހެން އެތްލީޓުން ތިންވަނަ ހޯދީ 2 މިނިޓް 29.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުން އެއްވަނަ ހޯދީ 2 މިނިޓް 09.18 ސިކުންތުން ރޭސް ނިންމި ނިއުދިއްލީގެ ޗަންދާއެވެ. ދެވަނަ ހޯދި މަދްޔާ ޕްރަދޭޝްގެ ކޭއެމް ދީކުޝާގެ ވަގުތަކީ 2 މިނިޓް 12.06 ސިކުންތެވެ.

800 މީޓަރުގެ ފިރިހެން ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ރޭސް ނިންމީ ފަސް ވަނާގައެވެ. އޭނާގެ ވަގުތަކީ 1 މިނިޓް 53.51 ސިކުންތެވެ. މިއިވެންޓުން ރަން މެޑަލް ހޯދި ހަރްޔާނާ ސްޓޭޓްގެ ކްރިޝަން ކްމާރު ރޭސް ނިންމީ 1 މިނިޓް 47.26 ސިކުންތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް