Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 19:02
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޓްވީޓަރ
ޖޭޕީ
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރަން ނިންމައިފި
މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ އަންގާރަ ދުވަހު ކުރިއަށްދިޔަ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ އަންގާރަ ދުވަހު ކުރިއަށްދިޔަ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވަނީ މި ނިންމުމަށް އިއްތިފާގުވެފައެވެ.

އެ ޕާޓިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށެވެ.

Advertisement

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިވާއިރު އެ ޕާޓީއަކީ މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ ހިއްސާއެކެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއިދު ކުރެއްވުމަށް އެމްޑީޕީން ވަނީ ޖޭޕީއާއެކު މަޝްވަރާ ކޮށްފައެވެ.

ކައުންސިލްގެ މިއަދުގެ ނިންމުމާ އެކު ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އިންތިހާބަށް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކަށް އެ ފުރުސަތު އޮތީ ހުޅުވާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް