ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 19:05
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ޝަޒްނާ ހާޝިމް
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ޝަޒްނާ ހާޝިމް
އޭސީސީ
އޭސީސީ
އޮޑިޓް އަދި އެންޓި-ކޮރަޕްޝަން އިދާރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ބައްދަލުވުމުގައި އޭޝިއާގެ 24 ގައުމަކުން ބައިވެރިވޭ

ސަރަހައްދީ މައި އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓިކޮރަޕްޝަން އިދާރާތަކަށް ޚާއްޞަކޮށްގެން ތައިލެންޑުގައި އަންގާރަ ދުވަހު ފެށި މަސައްކަތު ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ޝަޒްނާ ހާޝިމް ބައިވެރިވެވަޑައިގެންފިއެވެ.

"ރީޖަނަލް ވޯކްޝޮޕް އޮން އެންހޭންސިންގ ދަ ކޮލަބަރޭޝަން ބިޓްވީން ސުޕްރީމް އޮޑިޓް އިންސްޓީޓިއުޝަންސް އެންޑް އެންޓި-ކޮރަޕްޝަން ބޮޑީސް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަނީ މިއަދުން ފެށިގެން 3 ދުވަހުގެ ނިޔަލަށް، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.

Advertisement

ޔޫއެންއޯޑީސީން އިންތިޒާމްކޮށްގެން، މަޝްވަރާ ބައްދަލުވުންތަކެއް ހިމަނައިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގެ އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓި-ކޮރަޕްޝަން އިދާރާތަކުގެ މެދުގައި އެއްބާރުލުން ގާއިމްކޮށް، ގުޅިގެން މަސައްކަތްކުރުމަށް ހިތްވަރުދިނުމެވެ.

ރާއްޖޭ ހިމެނޭހެން، މި މަސައްކަތު ބައްދަލުވުމުގައި އޭޝިޔާގެ 24 ގައުމެއްގެ އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓިކޮރަޕްޝަން އިދާރާތަކުން ބައިވެރިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް