ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 16:19
ތ. ގުރައިދޫ
ތ. ގުރައިދޫ
ގޫގުލް
ތ. ގުރައިދޫ
ގުރައިދޫއިން ބިންތަކެއް ދޫކުރި މައްސަލައެއްގައި ކައުންސިލް ކުރީގެ ރައީސާއި ނައިބަށް ދައުވާކޮށްދޭން ފޮނުވައިފި
މި މައްސަލާގައި ދެ މީހުންގެ ބައިވެރިވުން އޮތްކަން އެނގޭކަން ތަހުގީގަށް އެނގޭ

އިއުލާންނުކޮށް, ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.  

އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)ން މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދުއާއި އެކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށެވެ. 

އޭސީސީން ބުނެފައިވާގޮތުގައި، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާތީއެވެ.

އޭސީސީން ބުނީ އެ ދެ މީހުން ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ. ގުރައިދޫ ކައުންސިލުން އަމަލުކުރަމުންއައި އުސޫލާއި ޚިލާފުވެފައި ކަމަށެވެ. އެގޮތުން އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދުއާއި މުހައްމަދު ސަރާހު ސޮއިކުރައްވާފައި ވުމުން، ބިންތައް ދޫކުރުމުގައި އެ ދެފަރާތުގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް