Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 12:37
އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އިދާރާތަކުގެ މުވައްޒަފުންނާއި ރައީސް ބައްދަލުކުރައްވަނީ
އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އިދާރާތަކުގެ މުވައްޒަފުންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރޯދަ މަހުގެ ގަޑިތައް
ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00ށް
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23
މި ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވޭ

ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00ށް ކަމަށެވެ.

އެހެންކަމުން 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ގަޑިއަކީމިއެވެ.

Advertisement

އަދި އެ ދުވަސްތަކުގައި މި ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން އެދިފައިވެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް