Advertisement
ކ. މާލެ
|
6 މާރޗް 2023 | ހޯމަ 16:22
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ
ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ބާރު ގާސިމަށް އަރުވައިފި
މި ނިންމުން ނިންމާފައިވަނީ ކޮންގްރެސްއަށް ހުށަހެޅި ގަރާރަކަށް ބާރުދީ
މިއާއެކު ކޯލިޝަން ހަދަން މަޝްވަރާކުރުމުގެ ބާރު ގާސިމަށް ލިބިވަޑައިގަންނަވާނެ
އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އަދި އިއުލާނެއް ނުކުރޭ

ރިޔާސީ އިންތިޚާބަށް ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިޚްތިޔާރު, ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް އެރުވުމަށް އެޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

Advertisement

އެޕާޓީން ބޭއްވި ގައުމީ ކޮންފަރެންސްއިން ވަނީ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ލަފާދޭން ނިންމާފައެވެ.

މި ގަރާރަށް ބާރުދީ މި ނިންމުން ނިންމާފައިވާއިރު، ޕާޓީގެ ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ ޕާޓީގެ ލީޑަރު ކަމަށްވާތީ، ކޯލިޝަން ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިޚްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

ރިޔާސީ ކެންޑިޑޭޓާއި، ކޯލިޝަން ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިޚްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތްކަމަށް އަޅުގަނޑަށް ފެންނަ ހިނދު، އެ ބާރާއި، އިޚްތިޔާރު ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅި ގަރާރު

މި ގަރާރު އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅުއްވީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލްއެވެ.

އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ނުވަތަ ނޫންކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް