Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 18:05
އުމަރު ނަސީރު
އުމަރު ނަސީރު
ގޫގުލް
އަދީބު ބޭސްފަރުވާ
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދީފިނަމަ ހެކި ގެއްލިދާނެ: އުމަރު
ހެކި ބަސްތައް ސައްހަވެގެންދާނީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގަ
އަދީބް ބޭސްފަރުވާއަށް ފޮނުވުމުން ފިލައިފި ނަމަ ހެކި ގެއްލޭނެ: އުމަރު
އަދީބު ވަނީ ފިސްތޯލައިގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ހެކިބަސް ދެއްވަން ތައްޔާރުކަމަށް ވިދާޅުވެފަ

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތުދީފިނަމަ ހެކި ގެއްލިދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ހިންގަވާ ޕަބްލިކް ވައިބަރ ގްރޫޕުގައި އަދީއްތަ ދުވަހު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލައާއި ގުޅޭ ގޮތުން އަދީބު ބަޔާނެއް ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވާ ދަނޑިވަޅެއްގައި އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ދީ، އެ ފުރުސަތުގައި އެމަނިކުފާނު ފިއްލަވައިފިނަމަ ހެކި ގެއްލިގެން ގޮސްދާނެކަމަށެވެ.

އަދި އޭރުން ކާނަލް ނާޒިމަށް އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށާއި މިބާވަތުގެ ހެކިބަހަކީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހުވާކޮށްގެން ހުރެ ދިނުން މުހިންމު ހެކި ބަހެއްކަމަށެވެ. އަދި މިކަހަލަ ހެކި ބަސްތައް ސައްހަވެގެންދާނީ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ދިނުމުން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ސުޕްރީމްކޯޓަށް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން ބަލައިދިނުމަށް އެދި، ކާނަލް ނާޒިމްގެ ފަރާތުން ހޮނިހިރު ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.  

 

  

 

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
2 ޖުލައި 2017 | އާދީއްތަ 20:26
ޖާނޭ
އެމް.އެމް.އޭ ގެ ތިޖޫރި ގެއްލިދާނެ ތީވެ މަނިކުފާނުވެސް ހުންނެވީމެއް ނޫންތޯ. ކީއްވެތޯ ދޫކޮއްލީ