Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 16:21
 ޕޮލިސް އޮފިސަރސް ކޮންފަރެންސް ޗައިނާގައި ފަށައިފި
ޕޮލިސް އޮފިސަރސް ކޮންފަރެންސް ޗައިނާގައި ފަށައިފި
ޕޮލިސް
ޕޮލިސް އޮފިސަރސް ކޮންފަރެންސް
ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި
ޖޫން މަހުގެ 29 ން ޖުލައި މަހުގެ 19 އަށް ކުރިއަށްދާ ކޮންފަރެންސްއެއް

ޕޮލިސް އޮފިސަރސް ކޮންފަރެންސް ޗައިނާގައި ފަށައިފިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ފުލުހުންނަށް ހުޅުވާލައިގެން ޗައިނާގައި ކުރިޔަށްދާ ޕޮލިސް އޮފިސަރސް ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ސީނިއަރ 20 އޮފިސަރަކު ވަނީ ބައިވެރިވެފައެވެ.

ޗައިނާގެ ޔުނާން ޕޮލިސް އޮފިސަރސް އެކަޑެމީގައި ޖޫން މަހުގެ 29 ން ޖުލައި މަހުގެ 19 އަށް ކުރިއަށްދާ މި ކޮންފަރެންސްއަކީ ޗައިނާ ފުލުހުންނާއި ދިވެހި ފުލުހުންގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްސަދުގަ އެވެ.

ފުލުހުން މިޑިއާ އޮފިޝަލް ބުނީ މި ކޮންފަރެންސްގައި ޗައިނާގެ ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި އެތަނުގެ ޤާނޫނީ ނިޒާމާއި ޕޮލިސް ކޮމްބެޓް އެންޑް ކޮމާންޑް ފަދަ ބައިތަކާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށާއި ލީޑަރޝިޕް އަދި މެނޭޖްމަންޓް ހުނަރުތައް ކުރިއެރުވުމުގެ ގޮތުން ސެޝަންތަކާއި ޑިސްކަޝަންސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މީގެ އިތުރުން އެޤައުމުގެ ތާރީޚާއި ސަޤާފަތާއިގުޅޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ކޮންފަރެންސްގައި މިހާތަނަށް 2 ފަހަރެއްގެ މަތިން ފުލުހުންގެ ޓީމްތައް ބައިވެރިވެ ތަމްރީން ހޯދާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް