Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 13:20
ކައުންސިލް އިންތިހާބުގެ ވޯޓް ގުނުމުގެ ތެރެއިން
ކައުންސިލް އިންތިހާބުގެ ވޯޓް ގުނުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބް ކުރުން އޮގަސްޓް މަހު
ބައިލެކްޝަންސް ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 19 ގައި
އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް
ބައިލެކްޝަންސް ބާއްވަނީ ކައުންސިލްގެ މެމްބަރު އިސްތިއުފާ ދެއްވުމުން

ބ. ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބް ކުރުމަށްޓަކައި ބާއްވަން ޖެހޭ ބައިއެލެކްޝަން އޮގަސްޓް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމައިފިއެވެ.

ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބް ކުރުމަށްޓަކައި ބައިއިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝައިން އިން ވަނީ އޮގަސްޓު 19 ވަނަ ދުވަހު ބާއްވާ ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު  އާދިއްތަ ދުވަހު ގެޒެޓުގައި ޝާއިޢުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 02:00 އާއި ހަމަޔަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ކަމަދޫ ކައުންސިލްގެ ބައިއިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންންސް ކޮމިޝަންއިން ނިންމާފައި ވަނީ ކަމަދޫ ކައިންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަލީ މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަލީ މައުސޫމް ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކައުންސިލް މެމްބަރު ކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

ކައުންސިލަރު ކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، އެމްޑީޕީ މެމްބަރު އިސްތިއުފާ ދެއްވީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށް ފަހު އެވެ.

އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަރީފް ވިދާޅުވީ، މިދިޔަ ދައުރުގައި ވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި މައުސޫމް އިސްތިއުފާ ދެއްވީ "އިދާރީ މުވައްޒަފުންގެ އާއިލީ މެމްބަރުންގެ ކެމްޕޭނު ޖަގަހައެއް"ގެ ގޮތުގައި ކައުންސިލް އިދާރާ ބޭނުން ކުރާ ކަމަށް ވިދާޅުވެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވެސް އަދި ހުވާ ކުރުމާ ހަމައަށް ވެސް މައުސޫމާއި ކައުންސިލްގެ އެއްވެސް މުވައްޒަފަކާ މެދު މައްސަލަ ޖެހިފައި ނުވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި ނަމަ، އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް