ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 12:15
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރުސީ
ރާއްޖެއިން މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެއްޖެ
މިއީ އެމްއެމްޕީއާރުސީން މި ފެއާގައި ބައިވެރިވާ ތިންވަނަ ފަހަރު

ރާއްޖޭގައި މޫދު ކުޅިވަރާއި ޑައިވިންގ ދާއިރާއިން ހުރި ތަޖުރިބާތަކާއި ފުރުސަތުތައް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެއްޖެއެވެ.

މިއީ އެމްއެމްޕީއާރުސީން މި ފެއާގައި ބައިވެރިވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ ފެއާ ކުރިއަށްދަނީ މި މަހުގެ 9-12 އަށް ރަޝިއާގެ މޮސްކޯގައި ހުންނަ "ގޮސްޓީނޯ ޑްވޯ" އެގްޒަބިޝަން ސެންޓަރުގައެވެ.

މޮސްކޯ ޑައިވް ޝޯއަކީ ރަޝިއާ އަދި އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި މޫދު ކުޅިވަރާއި ޑައިވިންގއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްހޫރު ފެއަރއެކެވެ. އެގޮތުން، ޑައިވިންގ އާއި ސްޕިއާ ފިޝިންގ އާއި ފްރީ ޑައިވިންގ އާއި ކަނޑުއަޑީގެ ފޮޓޯގްރަފީ އާއި މޫދު ކުޅިވަރުތައް މި ފެއަރގައި އިޝްތިހާރު ކުރެއެވެ. މި ފެއާގައި މިދާއިރާތަކުގެ ޚިދުމަތްތައް ދޭ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރުކޮށް، ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބެއެވެ.

މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ މި ދާއިރާގެ ހަ ޕާޓްނަރުން ބައިވެރިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެހެންކަމުން އެ ޤައުމާއި މެދުއިރުމަތީ ޔޫރަޕުގެ ޤައުމުތަކަކީ ރާއްޖެަށް މުހިންމު މާކެޓުތަކެވެ. މިދިޔަ އަހަރު އެކަނިވެސް ރަޝިއާއިން ރާއްޖެއަށް 201،954 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް