ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 09:01
ޗައިނާ ސަދާން އެއަރލައިން
ޗައިނާ ސަދާން އެއަރލައިން
ޗައިނާ ސަދަން އެއަރލައިން
ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށުން
ޗައިނާ ސަދަން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
އެ އެއަރލައިންގެ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 20 ގައި

ޗައިނާގެ ސަދަން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ހަފާތްއަކު ތިން ދަތުރު އެއާލައިނުން ކުރާނެއެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގައެވެ.

ޗައިނާގެ ސަދަން އެއަރލައިނުން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓުން 280 ފަސިންޖަރުން ދަތުރު ކުރާނެއެވެ. އެ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވަނީ ތިން އަހަރު ފަހުން އެ ޤައުމު ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމާއެކު ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުކަމުންނެވެ.

ޗައިނާއިން މިހާރު ވެސް ދެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިންގ ކެޕިޓަލް އާއި ޗައިނާ އީސްޓަރން އިންނެވެ. އެ ޤައުމުން ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައިވަނީ 18 ޖެނުއަރީގައެވެ.

ޗައިނާއިން ރާއްޖެއަށް ދަތުރު ފެށިތާ ހަފުތާއެއް ނުވަނީސް އެ ޤައުމު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނިފައެވެ. މިހާރު އެ ޤައުމު އޮތީ 5،350 ފަތުރުވެރިންނާއެކު ލިސްޓުގެ އަށްވަނައިގައެވެ.

ކޮވިޑުގެ ކުރިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައީ ޗައިނާއިންނެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޯޑަރުތައް ބަންދު ކުރުމާއެކު ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް