ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 07:13
ގްރީން ކޮމެޓު
ގްރީން ކޮމެޓު
އިންޑިޔާ ޓުޑޭ
ގްރީން ކޮމެޓު
ގްރީން ކޮމެޓު ބަލަން ދިޔަ މީހުންނަށް ވައިނުސާފުވެ ދުރުފެންނަ މިންވަރު ދަށްވުމުން އެކަމެއް ނުވި
މި ގްރީން ކޮމެޓަކީ ކޮންމެ ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ކޮމެޓެއް

ދުނިޔެ ކައިރިން ދަތުރުކުރާ ގްރީން ކޮމެޓު ޓެލެސްކޯޕު މެދުވެރިކޮށް ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ސްޕޭސް ކެޓުގެ ފަރާތުން ފަހިކޮށްދިން ނަމަވެސް ވައިނުސާފުވެ ދުރުފެންނަ މިންވަރު ދަށްވުމުން އެކަމެއް ނުވިއެވެ.

ގިނަ ބަޔަކު ކޮމެޓް ބަލާލުމަށް މަސްވެރިންގެ ޕާކަށް ޖަމާވިނަމަވެސް، ވައި ނުސާފުވުމުގެ ސަބަބުން މި ކޮމެޓް އެހާ ސާފުކޮށެއް ފެނިފައެއްނުވެއެވެ. އެހެންކަމުން ތުއްތު ކުދިންނާއި ޒުވާނުންނަށް ހަނދު ބަލާލުމުގެ ފުރުޞަތު ސްޕޭސް ކެޓުން ވަނީ ދީފައެވެ.

މި ގްރީން ކޮމެޓަކީ ކޮންމެ ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ކޮމެޓެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ކޮމެޓް ބަލާލުމަށްޓަކާ މާދަމާ ރޭ ޓެލެސްކޯޕު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ 20:00ން ފެށިގެން ދެވަނަ ފޭސްގައި ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި ކޮމެޓް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ގްރީން ކޮމެޓަކީ ޒްވިކީ ޓްރާންސިއަންޓް ފެސިލިޓީން މިދިޔަ އަހަރުގެ މާރިޗު ދެވަނަ ދުވަހު ދެނެގަތް ކޮމެޓެކެވެ.

ސްޕޭސް ކެޓުން މަޢުލޫމާތުދޭ ގޮތުގައި އަންނަމަހުގެ 8 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނާނެ ކަމަށެވެ. އަދި އުޑުމަތި އަނދިރިކޮށް އޮންނަ ސަރަހައްދުތަކުން ޓެލެސްކޯޕެއްގެ އެހީއާނުލާ ހަމަލޮލަށް ވެސް ފެންނާނެކަމަށް ސްޕޭސް ކެޓުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް