ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 07:44
އެޕޯލޯ ޓަވަރު
އެޕޯލޯ ޓަވަރު
ސްޓެލްކޯ
ސްޓެލްކޯ ހުޅުމާލެ ކަސްޓަމަރ ސަރވިސް އޮފީސް އެޕޯލޯ ޓަވަރަށް ބަދަލުކޮށްފި
މި އޮފީސް ހުންނާނީ އެޕޯލޯ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި
29 ޖެނުއަރީން ފެށިގެން އެ އޮފީހުގެ ޚިދުމަތްތައް އެޕޯލޯ ޓަވަރުން ލިބޭނެ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް އޮފީސް އެޕޯލޯ ޓަވަރަށް ބަދަލުކޮށްފިއެވެ.

މި އޮފީހުގެ ޚިދުމަތް މީގެ ކުރިން ދެމުންދިޔައީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިމާރާތުގައެވެ.

ސްޓެލްކޯއިން ބުނީ ކަސްޓަމަރ ސަރވިސް އޮފީސް މިހާރު އެޕޯލޯ ޓަވަރަށް ބަދަލުކޮށްފައިވާކަމަށެވެ. މިގޮތުން 29 ޖެނުއަރީން ފެށިގެން މި އޮފީހުގެ ޚިދުމަތްތައް ހޯދުމަށް ދާންޖެހޭނީ އެޕޯލޯ ޓަވަރުގެ ފުރަތަމަ ފަންގިފިލާއަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެޕޯލޯ ޓަވަރު ހުންނަނީ ހުޅުމާލެ ފިތުރޯނު މަގުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް