Advertisement
ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 15:57
ފުވައްމުލަކު ކުޅީ ސަރަހައްދުގައި ރޯވެފައި - ފައިލް ފޮޓޯ
ފުވައްމުލަކު ކުޅީ ސަރަހައްދުގައި ރޯވެފައި - ފައިލް ފޮޓޯ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ފުވައްމުލަކު ކުޅީ ސަރަހައްދުގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ
އަލިފާންގަނޑުގެ ބޮޑުބައެއް ވަނީ ކޮންޓްރޯލްކޮށްފައި
އަލިފާން ރޯވި ސަބަބެއް ނޭނގޭ
އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ 14:00 ހާއިރު

ފުވައްމުލަކު ބަންޑާރަކިޅީ ސަރަހައްދުގައި ބުރާސްފަތި މެންދުރު އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފުވައްމުލަކުގައި ހުންނަ އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ލިބިފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 14:00 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 5:30 ހާއިރު އެވެ. 

ރޯވެފައިވަނީ ކިހާ ސަރަހައްދެއްގައި ކަމެއް އަދި އަލިފާން ރޯވި ސަބަބެއް ސިފައިން ހާމައެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް ފުވައްމުލަކު ކުޅީ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގާފައި އެބަ ހުއްޓެވެ. މި އަހަރުގެ ފެބްރުއަރީ މަހު ފުވައްމަލު ކުޅީ ސަރަހައްދުގަައި ރޯވެ، 250،000 އަކަ މީޓަރުގެ ސަރަހައްދެއް އަނދައިގެން ދިޔަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް