Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 23:25
ޑރ ޝައިނީ އިފާޑްގެ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުން
ޑރ ޝައިނީ އިފާޑްގެ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުން
ޓްވިޓަރ
ފިޝަރީސް މިިނިސްޓްރީ
ކޯޕަރޭޓިވްތަކުގެ އުފެއްދުންތަކަށް މިދިޔަ އަހަރު އެކަނި ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ފިޝަރީސް މިނިސްޓްރީ
48 ފަރާތަކަށް ހަ މިލިއަން ރުފިޔާގެ ލޯން ދީފައިވޭ
އެގްރިކަލްޗަރަލް އެންޑް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ މުއްދަތު އިތުރު ވަނީ ކޮށްފައި

މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކޯޕަރޭޓިވްތަކުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދާ ވެލިއު އެޑިޝަންގެ ދަށުން މިދިޔަ އަހަރު އެކަނި 48 ފަރާތަކަށް ޖުމްލަ ހަ މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދީފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރިއަށްގެންދާ އެގްރިކަލްޗަރަލް އެންޑް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އިން ފިޝަރީސް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ (ފަޑިޕް)ގެ ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް އެދިފައިވަނީ އިފާޑްގެ ރައީސާއި އެކު ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

 އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް، ރައްޔިތުންނަށް ފޯރުކޮށްދީ، ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދާ ފިޝަރީސް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ފަޑިޕްގެ މުއްދަތު މާރިޗު 2018 ނިއަލަށް އިފާޑް އިން ވަނީ އިތުރުކޮށްދީފައެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމެއްގެ ބޭނުމަކީ ވެލިއު ޗެއިން ކޯޕަރޭޓިވްތައް މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް ވެލިއު އިތުރުކުރުމާއި އެތަކެއްޗަށް މާކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށް ދިނުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީތަކަށް މިހާތަނަށް 25 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކުރެއެވެ.

 ފިޝަރީސް މިނިސްޓްރީން ވަނީ ކޯޕަރޭޓް ސޮސައިޓީން މިހާތަނަށް 30 އަށް ވުރެ ގިނަ އުފެއްދުންތައް މާކެޓަށް ނެރެފައިވާކަން ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް