ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 07:21
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސް އޮފީސް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ އާއި އިދިކޮޅުގެ ހަރަކާތެއް އެއް ސަރަހައްދެއްގައި ބޭއްވުން - ފަރސްޓްލޭޑީ ވިދާޅުވީ މިއީ ތާރީޚީ ކަމެއް ކަމަށް
ރައީސް އަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް އަނބިކަނބަލުން ވިދާޅުވި
ސުލްހަވެރިކަމާއެކު ދެ ހަރަކާތް ކުރިއަށް ދިއުމަކިީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވާ ކަމެއް ކަަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާ އާއި، އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތް އަމާންކަމާއެކު އެއް ސަރަހައްދެއްގައި ބޭއްވުމަކީ ތަރީޚީ ކަމެއްގެ ގޮތުގައި ރައީސް ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިފަކުރައްވައިފިއެވެ.

ފަރސްޓްލޭޑީ ފަޒްނާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ވެރިކަން ކުރާ މައި ޕާޓީ އާއި އިދިކޮޅު ޕާޓީ ޕީޕީއެމްގެ ޖަލްސާ އެއްތަނެއްގައި އެއްވެސް ހަމަނުޖެހުމެއް ނެތި ބޭއްވުމަކީ ތާރީޚީ ކަމެއް ކަަމަށެވެ. އެ ހަރަކާތްތަކުން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމުން ފެނިގެން ދަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ވަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މާޝާﷲ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް - އިބޫ
ފަރޓްލޭޑީ ފަޒްނާ
ފަޒްނާ ހިއްސާކުރެއްވި މެސެޖު

ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ބުދަ ދުވަހުގެ ރޭ ބާއްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕެއިން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެމްޑީޕީ ހަރުގެ ސަރަހައްދާއި ދާދި ކައިރީގައި އޮތް އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕާޓީގެ ހަރަކާތަކީ ކުރީގެ ރައިސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނު ޖަލަށްލުމާއި ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

Advertisement

Advertisement
- ކޮމެންޓް