ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 13:19
ސްޓެލްކޯ
ސްޓެލްކޯ
ގޫގުލް
ސްޓެލްކޯގެ ޚިދުމަތްތައް
މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ
އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މަޢާފަށް އެދޭ
މެންދުރު 14:00 އިން 16:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދޭ

މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކަން ހާމަކޮށް ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރު 14:00 އިން 16:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް