ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 22:48
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ވީނިއުސް
ރައީސް ޔާމީން ޖަލަށްލުން
ރައީސް ޔާމީން ޖަލުގައި ހުންނެވުމަކުން އުފަލެއްނުވޭ، އެއީ މޮޅު ކަމެއް ކަމަކަށް ނުދެކެން: ރައީސް ނަޝީދު
ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި
އެއްވެސް މީހަކު ޖަލަށް ލައިގެން އުފާ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމަކީ އުފާކުރައްވާ ކަމެއް ނޫންކަމަށާއި، އެއީ މޮޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެރަވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމާމެދު ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތާ ގުޅޭގޮތުން ނޫސްވެރިޔަކު ވަނީ ސުވާލު ދަންނަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ "ހަރާމް ހުކުމެއް" ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، އެކަމާމެދު ރައީސް ނަޝީދުގެ ޚިޔާލަކީ ކޮބައިތޯ ނޫސްވެރިން ދެންނެވިއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ، އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް ނޫސްވެރިން އިތުރަށް އެމަނިކުފާނަށް ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް އިރެއްގައި މީހަކު ޖަލަށް ލުމަކީ އެއީ މާ މޮޅުކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެ ގޮތަށް ކުރިއަށް އޮތްތަނުގައިވެސް ދެކެވަޑައިނުގަނަވާނެ ކަމަށެވެ. ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހެތްކާއި ގަރީނާގެ މައްޗަށް ކަމަށާއި، އެ މަނިކުފާނަށް ކޮށްފައިވާ ދައުވާއަކީ ގާނޫނީ މާއްދާގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮންމެ ބައެެއްވެސް އެބައެއްގެ ލީޑަރަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ބޭނުންވާނެ ކަމަށާއި، އެކަން ނުވުމުން މާޔޫސްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ވެރިކަަމަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން އެ ފަރާތްތަކުންވެސް ކެނޑިޑޭޓަކު ނެރޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ހަރާމް ހުކުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ، ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަށް އާންމު ތަންތަނުގައި ހިންގާ ހަރަކާތްތަކާއި، މީޑިއާތަކުގައި ގެނެސްދޭ މައުލޫމާތާއި ޝާއިއުކުރާ ލިޔެކިޔުންތައް ކުށްވެރިކޮށްފައެވެ. އަދި އެކަމާމެދު ފިޔަވަޅުއަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް