Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 02:57
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
މިހާރު
ކަރަންޓުގެ މައްސަލަ
ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް
ކޮންމެ ރަށެއްގައި އިތުރު ސިސްޓަމެއް ބަހައްޓާނަން
ޓާގެޓަކީ ސެޕްޓެމްބަރުގެ ކުރިން މަސައްކަތް ނިންމުން
މިހާރު ދަނީ ބިޑް ކުރުމުގެ މަސައްކަތް

ރާއްޖޭގެ ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަނަރޭޓަރު ސިސްޓަމެއް ބެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރ އަލިފުއްޓާއި ގދ ނަޑެއްލާގެ ކަރަންޓް މައްސަލައާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައިގަނޑު މައްސަލައަކީ ޖަނަރޭޓަރު ތަކަށް މައްސަލަ ދިމާވުމުން އެކަން ހައްލު ކުރާނެ ޓެކްނިކަލް ބައެއް ކޮންމެ ރަށެއްގައި ނުތިބުމާއި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއަރ ރާއްޖެއިން ބޭރުން ގެންނަން ޖެހުން ކަމަށެވެ. އެކަންކަމަށް ވަގުތު ނެގުމަކީ ދިމާވާ އެންމެބޮޑު ދަތިކަން ކަމުގައި ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ އިންޖީނަކީ މައްސަލަތައް ދިމާވާނެ އެއްޗެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން އެފަދަ ހާލަތްތަކުގައި ކަރަންޓް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިކަން ހައްލު ކުރުމަށްޓަކައި ކޮންމެ ރަށެއްގައި ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރު ސިސްޓަމްގެ އިތުރުން ބެކަޕް ސިސްޓަމެއް ބަހައްޓާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުންފުނީގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން އެކަން ކުރުން ކަމަށާއި މިހާރު ކުރިއަށް ދަނީ ބިޑް ކުރުމުގެ މަރުހަލާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގަވެސް އެއްސެޓުގެ އިތުރުން ބެކަޕް ސިސްޓަމެއްވެސް ބެހެއްޓުން. މިހާރު އެކަމުގެ ބިޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ޓާގެޓަކީ ސެޕްޓެމްބަރ ނިމުމުގެ ކުރިން ކޮންމެ ރަށަކަށް ބެކަޕް ޖަނަރޭޓަރ ސިސްޓަމެއް ފޯރުކޮށް ދިނުން" ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ކަރަންޓް ޔަޤީން ސިޔާސަތުގެ ދަށުން ހުރިހާ ރަށަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ބުނާއިރު ރަށްރަށުން ކަރަންޓް ކެނޑުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އަދި އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
28 ޖޫން 2017 | ބުދަ 14:05
foni kolhu
Bid kutaane kamehneiy Avahsh majeleehuge PPM membarakah thifaidhaagandu bhee.