Advertisement
ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 16:26
ސުނާމީ ކާރިސާގައި މ. ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި އެރަށުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ
ސުނާމީ ކާރިސާގައި މ. ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި އެރަށުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
ކޮޅުފުށީ ސުނާމީ ބިނާ
ކޮޅުފުށީގެ ސުނާމީ ބިނާ ރައީސް ހުޅުއްވައިދެއްވައިފި
ރައީސްގެ މިދަތުރުފުޅުގައި ވަނީ ކޮޅުފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާފައި

ސުނާމީ ކާރިސާގައި މ. ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި އެރަށުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުއްޓަށް ވަޑައިގެން ހަނދާނީ ބިނާ ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސް ވަނީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެދުވަހުގެ ހަނދާންތައް އައު ކުރައްވާފައެވެ. މިރަސްމިއްޔާތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ރައީސަށް ރަމްޒީ ސުނާމީ ބިނާއެއް އަރުވާފައެވެ.

Advertisement

ރައީސްގެ މިދަތުރުފުޅުގައި ވަނީ ކޮޅުފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ. އަދި ރަށަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މ. ކޮޅުފުއްޓަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންލިބުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ސުނާމީ ހާދިސާގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވާއިރު 26 މީހުން ގެއްލިފައިވެއެވެ. ކޮޅުފުށިން 10 މީހުން ނިޔާވެ 6 މީހުން ގެއްލިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް