Advertisement
ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 19:35
ވޭމަންޑޫގައި ހުވަނި އަޅާފައިވާ ގަހެއް
ވޭމަންޑޫގައި ހުވަނި އަޅާފައިވާ ގަހެއް
ރާއްޖެއެމްވީ
ހުވަނީގެ މައްސަލަ
އިންތިހާއަށް ހުވަނި އިތުރުވެ، ވޭމަންޑޫ ރައްޔިތުންގެ އާންމު ދިރިއުޅަމަށް އުނދަގޫތަކެއް!
800 މީހުން ސިއްހީ މައްސަލަތައް ދިމާވެފައި
ގޭގޭގެ ފުރާޅުގައިވެސް ހުވަޅި އާލާވަނީ
ރަށުގެ ދަނޑުތަކުގައިވެސް ހުވަޅި އަޅާފައި

ތ އަތޮޅު ވޭމަންޑޫގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަތުހީ ވިދާޅުވީ، ވޭމަންޑޫގައި ހުވަނި އާލާވެ، ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ގާތްގަނޑަކަށް ހުރިހާ ގަހެއްގައި ހުވަނި އަޅާފައިވާ އިރު ގިނަ ގަސްތަކެއް ހަލާކުވެފައިވާ ކަމަށެވެ. ފަތުހީ ވިދާޅުވީ، މިކަން ހައްލު ކުރުމަށް ރަށު ފެންވަރުގައި ހުވަޅި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތްތައް ކައުންސިލުން ކުރަމުންދިޔަ ނަމަވެސް، މިކަން ރަށު ފެންވަރުގައި ހައްލު ކުރެވޭ ވަރަށްވުރެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

 ރަށުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން 50 އިންސައްތަ އަކީ ދަނޑުވެރިކަން ކަމުގައިވާއިރު، ރަށުގެ ހުރިހާ ދަނޑުތަކެއްގައި ހުވަނި އަޅާފައިވާ ކަން ފަހުމީ ފާހަގަކުރެއްވިއެވެ.

މިކަން ހައްލު ކުރުމަށްޓަކާއި އެކި ފަހަރު މަތިން ސަރުކާރުގެ އިދާރާތަކުގައިވެސް އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި އެގޮތުން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރަށް ސިޓީ އަކުން އެކަން ދެންނެވުމުން، އެކަމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް އަންގާފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ. އެހެން ނަމަވެސް ހުވަނި އިތުރުވެފައިވާލެއް ބޮޑުކަމުން، މިކަން ހައްލު ކުރުމަށް ކައުންސިލަށް ބޮޑެތި އުނދަގޫތަކަކާއި ދިމާވާމުންދާކަމަށް އޭނާ ވދިާޅުވިއެވެ. އެގޮތުން ރަށުގެ ވަލު ސަރަހައްދުގައި އާލާވާ ހުވަނިތައް ނައްތާލުމަށް އުނދަގޫވެފައިވާކަން ފަތުހީ ފާހަގަކުރެއްވިއެވެ.

ފަތުހީ ވިދާޅުވީ، ހުވަނި އިތުރުވެފައިވާލެއް ބޮޑުކަމުން ގަސްތަކުގެ އިތުރަށް ގޭގޭގެ ފުރާޅުތަކުގައިވެސް ހުވަނި އާލާވަމުންދާ ކަމަށެެވެ. ހުވަނީގެ މައްސަލަ 2015 ވަނަ އަހަރުން ފެށިގެން އެރަށަށް ދިމާވަމުންދާ ކަމަށާއި އެހެން ނަމަވެސް މިއަހަރު ފެށުނީއްސުރެ ރައްޔިތުންނަށް އުނދަގޫވާ ދަރަޖައަށް މިކަން ގޮސްފައިވާ ކަމަށް އޭނާ ވދިާޅުވިއެވެ.

ހުވަނީގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތައްވެސް ދިމާވަމުންދާ ކަަމަށް ފަތުހީ ވިދާޅުވިއެވެ.

އެގޮތުން ރަށުގެ އާބާދީ އަކީ 1200 މީހުން ކަމުގައިވާއިރު މިވީ ދުވަސްތަކުގައި 800 އަށް ވުރެ ގިނަ މީހުންނަށް ހުވަނީގެ ސަބަބުން ސިއްހީ އެކި އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލު ކުރުމަށް އެންމެ އެކަށީގެންވާ މިންވަރަށް، ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުގެ އެހީތެރިކަން ނުލިބޭކަމަށް ވޭމަންޑޫ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
28 ޖޫން 2017 | ބުދަ 23:48
އައްޔަ
ފަތުހީ އިން ފެށިފަ ފަހުމީއަށް ބަދަލުވެފަ ހުވަނިން ފެށިފަ ހުވަޅިއަށް ބަދަލުވެފަ
28 ޖޫން 2017 | ބުދަ 18:40
Ahmed
Thiya kanthah halleh vaanekamakah nufney.. sarukaaruge eheetheri kameh libeykah nei. Dhen 2018 ah raiyithun visnaafa vote dhee.
27 ޖޫން 2017 | އަންގާރަ 22:40
މުނާ
Dr. Tainy heeeeheeee halaaaku vedhaaane