ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 12:31
ނަސީބުވެރި ފަރާތަކަށް ފިޔަވަޅު ރިސޯޓު މޯލްޑިވްސްއިން ދެމީހަކަށް ދެރޭގެ ދަތުރެއް ލިބިގެންދާނެ
ނަސީބުވެރި ފަރާތަކަށް ފިޔަވަޅު ރިސޯޓު މޯލްޑިވްސްއިން ދެމީހަކަށް ދެރޭގެ ދަތުރެއް ލިބިގެންދާނެ
އައިކެއަރ އޮޕްޓިކަލްސް
އައިކެއަރ ގިވްއަވޭ
އައިކެއަރ އިން އައު އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ގިވްއަވޭ ކެމްޕޭނެއް
ކެމްޕޭންގެ ނަސީބުވެރިން ހޮވުން އޮންނަނީ 2 ޖެނުއަރީ 2023 ގައި
ކެމްޕޭން ކުރިއަށްދާނީ ޑިސެމްބަރު 18ން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް
ކެމްޕޭނުގެ ބައިވެރިންގެ ތެރެއިން ލަކީޑްރޯ މެދުވެރިކޮށް އެއް ނަސީބުވެރިއަކު ހޮވާނެ

އައިކެއަރ އިން އައު އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ގިވްއަވޭ ކެމްޕޭނެއް ފަށައިފިއެވެ.

އަގުހުރި އިނާމުތަކާއެކު ފަށާފައި މިވަނީ ކެމްޕޭން ކުރިއަށްދާނީ ޑިސެމްބަރު 18ން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

ގިވްއަވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން އައިކެއަރ އިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އިންސްޓަގްރާމް އަދި ފޭސްބުކްގެ އައިކެއަރ އެކައުންޓު ފޮލޯ ކުރުމާއި، އައިކެއަރގެ އިންސްޓަގްރާމް ގިވްއަވޭ ޕޯސްޓް ލައިކް ކުރުމުގެ އިތުރުން، އިންސްޓަގްރާމް ގިވްއަވޭ ޕޯސްޓުގެ ކޮމެންޓުގައި 3 ރައްޓެހިން ޓެގް ކުރަން ޖެހެއެވެ.

އޭގެ އިތުރުން، ގިވްއަވޭ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއަރކޮށް، އައިކެއަރ މޯލްޑިވްސް ޓެގް ކުރަން ޖެހެއެވެ.

އަދި ޕްރައިވެޓް އެކައުންޓެއް ނަމަ، ސްޓޯރީގެ ސްކްރީން ޝޮޓް ނެގުމަށްފަހު އައިކެއަރ އަށް ފޮނުވަން ޖެހެއެވެ.

އައިކެއަރ އިން މައުލޫމާތު ދޭ ގޮތުގައި ކެމްޕޭނުގެ ބައިވެރިންގެ ތެރެއިން ލަކީޑްރޯ މެދުވެރިކޮށް އެއް ނަސީބުވެރިއަކު ހޮވާނެއެވެ. އެގޮތުން ނަސީބުވެރި ފަރާތަކަށް ފިޔަވަޅު ރިސޯޓު މޯލްޑިވްސްއިން ދެމީހަކަށް ދެ ރޭގެ ދަތުރެއް ލިބިގެންދާނެއެވެ.

ގިވްއަވޭ ކެމްޕޭންގެ ނަސީބުވެރިން ހޮވުން އޮންނަނީ 2 ޖެނުއަރީ 2023 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް