ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަދި ކުއީންސް ބާސްކެޓްބޯލް ކްލަބު ހޯދައިފިއެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ ޓީރެކްސް އާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ. މި މެޗު ޓީރެކްސްއިން ކާމިޔާބުކުރީ 54-50ންނެވެ. މި ދެޓީމުގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ ކިންގްސް ބީސީ އާއި ސްރީލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރީ ޗެމްޕިއަން ކުއީންސް ބާސްކެޓްބޯލް ކްލަބުގެ އިތުރުން ސްރީ ލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބު އަދި ސައިކްލޯންސް ބާސްކެޓްބޯޅަ ކުލަބެވެ. އެހެންކަމުން މުބާރާތުގެ ފައިނަކަށް ދަތުރުކުރާ ދެޓީމު ކަނޑައެޅީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހުއެވެ. ކުއީންސް ބާސްކެޓްބޯލް ކްލަބުން މުބާރާތުގެ ތަށި ކާމިޔާބުކުރީ ފައިނަލް މެޗުގައި ބްލޫސް ބާސްކެޓްބޯޅަ ކުލަބާއި ވާދަކޮށް 56-47 ންނެވެ.
މިއީ ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ ފަހަރެވެ.