Advertisement
ކ. މާލެ
|
26 ޖޫން 2017 | ހޯމަ 23:29
އެމްޑީޕީގެ އަހަރީ ދުވަހުގެ ކޭކެއް ލަންކާގައި ފަޅަނީ
އެމްޑީޕީގެ އަހަރީ ދުވަހުގެ ކޭކެއް ލަންކާގައި ފަޅަނީ
ރާއްޖެ އެމްވީ
އެމްޑީޕީގެ އަހަރީ ދުވަސް
އެމްޑީޕީގެ އަހަރީ ދުވަސް ލަންކާގައި ފާހަގަކޮށްފި
އެމްޑީޕީ އުފެއްދުމަށް މުހިންމު މަސައްކަތްތަކެއް ހިންގީ ކޮޅުނބުގައި
12 އަހަރު ފުރުނު އިރު އަދިވެސް އިސްލާހީ މަސައްކަތްތައް ކޮޅުނބުގައި ދަނީ ކުރިއަށް

އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަމަށް އަވައްޓެރި ސްރީ ލަންކާގައި ހާއްސަ ހަރަކާތެއް ބާއްވާފިއެވެ.

 

ހޯމަ ދުވަހުގެރޭ މި ހަރަކާތް ބާއްވާފައި ވަނީ ކޮޅުނބުގައި ހުންނަ ޓެންޓެން ކެފޭގައެވެ. ބޮނޑި ބަތާއެކު ލައިވް މިއުޒިކާއި އެކު މި ހަރަކާތް ކުރިއަށް ދިޔަ އިރު އެޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް އިވެންޓުގައި ބައިވެރިވެ ވަޑައިގަތެވެ.

 

ލަންކާގައި ދިރިއުޅޭ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރި މި ހަރަކާތުގައި ވަނީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ ކޭކެއް ފަޅާފައެވެ.

 

މި ހަރަކާތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމާއި، ރައީސް ނަޝީދުގެ ކުރީގެ ތަރުޖަމާން މުހައްމަދު ޒުހޭރާއި ، އެޕާޓީގެ އިންޓަރނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ބައިވެރިވަޑައިގެނެވިއެވެ.

 

މީގެ 12 އަހަރުކުރިން އެމްޑީޕީން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ހިންގާފައިވަނީ ކޮޅުނބުގައި ކަން ފާހަގަ ކުރެވެއެވެ. މިއަދު އެޕާޓީއަށް ބާރަ އަހަރު ފުރުނު އިރު، އެޕާޓީން ކުރިއަށް ގެންދާ އިސްލާހީ އެތައް މަސައްކަތްތަކެއް ކޮޅުނބުގައި ކުރިއަށްދާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް