Advertisement
ކ. މާލެ
|
26 ޖޫން 2017 | ހޯމަ 21:11
ބ.ފެހެންދޫ
ބ.ފެހެންދޫ
ޓްވިޓަރ
ޖިންސީ ގޯނާ
ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގި މައްސަލައަކާ ދެ ބިދޭސީން ހައްޔަރުކޮށްފި
ހައްޔަރު ކުރީ ބަންގްލަދޭޝް ދެ ރައްޔިތުން
މިދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ
މިދެމީހުން ހައްޔަރު ކުރީ ބ.ފެހެންދޫ އިން

ގަދަކަމުން ބަދްއަހްލާގީ އަމަލު ހިންގި ދެ މައްސަލައަކާ ގުޅިގެން ފެހެންދޫ އިން ބަންގްލަދޭޝް ދެ  ރައްޔިތަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފެހެންދޫ އިން މިމަހުގެ 14 ވަނަ ދުވަހު ކުޑަކުއްޖަކާ މެދު ބަދްއަހްލާގީ އަމަލު ހިންގައިގެން ހައްޔަރުކޮށްފައިވަނީ އުމުރުން، 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

މީގެ އިތުރަށް 58 އަހަރުގެ އަންހެނަކާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގާފައިވާ މައްސަލަ އަކާ ގުޅިގެން އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން 33 އަހަރުގެ ބަންގްލަދޭޝް މީހާގެ ބަންދުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހު ބ.މާޅޮސް މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ. އަދި އުމުރުން 37 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު 22 ވަނަ ދުވަހު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބ. ފެހެންދޫ އިން ބިދޭސީ ދެ މީހުން ހައްޔަރުކޮށްފައިވާ އިރު ގަދަކަމުން ބަދައަހްލާގީ ހިންގާ މައްސަލަ ތަކާ ގުޅިގެން ދޭތެރެ ދޭތެެރެއިން ބިދޭސީން އަންނަނީ ހައްޔަރުކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ގަދަކަމުން ބަދްއަހްލާގީ އަމަލު ހިންގި 212 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މިދިޔަ އަހަރު މިފަދަ 467 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް