ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:27
ޕާޕަލް ލޭން
ޕާޕަލް ލޭން
އުރީދޫ
ޕަރޕަލް ލޭން އެޕް
ޕަރޕަލް ލޭން އެޕް މެދުވެރިކޮށް އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް
ކްލަބް ޕްރިމިއަރ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފަރތައް ޕާޕަލް ލޭން އެޕުން ބަލައިލެވޭނެ

އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށް ވާ ޕާޕަލް ލޭން އެޕް - ލޯޔަލްޓީ ރިވޯރޑް ޕްލެޓްފޯމާއި ޕާޓްނަރވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ.

ސީހައުސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލް ލޭން އެޕްގެ ކޯ ފައުންޑާއެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއަރ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފަރތައް ޕާޕަލް ލޭން އެޕުން ބަލައިލެވޭނެ އެވެ.

އުރީދޫ ޕްލެޓްފޯމްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ޕާޕަލް ލޭނާއެކު މިވެވުނު ޕަރޓްނަރޝިޕަކީ މި ޙިދުމަތް އިތުރަށް ފުޅާވެގެންދާނެކަމެއް. ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓފޯމް ކަމަށް ވުމުން އަޅުގަނޑުމެން އުއްމީދަކީ މި ޕްލެޓފޯމްވެސް އިތުރަށް ކުރިއަރާ ފުޅާވެގެން ދިޔުން. މި ޕަރޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭންއާ އެކު މަސައްކަތްކުރެވިގެންދާނެ
ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް
އުރީދޫ މޯލްޑިވްސްއާ އެކު މި ވެވުނު ޕަރޓްނަރޝިޕާއެކު އިތުރު ފުރުޞަތުތަށް އަޅުގަނޑުމެންނަށް ހުޅުވިގެންދާނެ. އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް މިހާރު އަޅުގަނޑުމެންގެ ޕާޓްނަރުންގެ ވިޔަފާރިތަކުން ހާއްސަ އޮފަރތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓްނަރުންނަށް އަދި ކަސްޓަމަރުންނަށްވެސް އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްލެޓްފޯމް ބޭނުންކޮށްގެން މުޢާމަލާތުކޮށް، އެ ދެފަރާތައްވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިވެގެންދޭ. ވޯކް-އިން ކަސްޓަމަރުން ރެގުލަރ ކަސްޓަމަރުންނަށް ބަދަލުކުރުމުން ފެށިގެން، އަޅުގަނޑުމެންގެ ފަސޭހަ ރިވާޑްސް ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް އެބޭފުޅުންގެ އަމިއްލަ ލޯޔަލްޓީ ކާޑު ޕާޕަލް ލޭން ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވޭނެ.
ޕާޕަލް ލޭން އެޕްގެ ކޯ ފައުންޑަރ އުމަރު ފިކްރީ

ޕާޕަލް ލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލް ލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފަރތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެއެވެ. ޕާޓްނަރ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯރޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭއިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެއެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެ އެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދޭ ކަމަށާއި ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާ އެކު ލިބޭނެކަމަށް ވެސް އެ އުރީދޫއިން ބުނެއެވެ.

- ކޮމެންޓް