ކ. މާލެ
|
26 ޖޫން 2017 | ހޯމަ 01:26
ހެންވޭރު އަދަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ހެންވޭރު އަދަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ޙުސައިން ވަޞީމް (ވީނިއުސް)
އަލިފާން ރޯވުން
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އަލިފާން ރޯވީ 5 ވަނަ ބުރީގައި ހުރި މޮޕެއްގައި
10 މިނެޓްތެރޭ އަލިފާންގަނޑު ވަނީ ނިއްވާލާފައި
ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުން

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އަލިފާން ރޯވީ، ހ. އަދަ ކިޔާގެއެއްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ހިފާފައިވަނީ، އެގޭގެ 5 ވަނަ ފަންގިފިލާގެ ބެލްކަނީގައި ހިއްކަން ބައިންދާފައި އިން މޮޕެއްގައެވެ. ބެލެވޭ ގޮތުގައި މޮޕުގައި ރޯވެފައިވަނީ އެގޭގެ މަތީ ފްލޯއަކުން ނުވަތަ ކައިރީގައި ހުރި އެހެން އިމާރާތަކުން ސިނގެރޭޓު ބުރިއެއް އެއްލުމާއި ގުޅިގެންނެވެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭ 1.10 ހާއިރުކަމަށެވެ. އަދި ގާތްގަނޑަކަށް 10 މިނެޓްތެރޭ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ބުނީ، އަލިފާނުގައި މާބޮޑު ގެއްލުންތަކެއް އެ ގެއަށް ލިބިފައި ނުވާކަމަށާއި، އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް