Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 21:54
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ފިޔަވަތީގެ ކުދިންނާއެކު
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ފިޔަވަތީގެ ކުދިންނާއެކު
ރައީސް އޮފީސް
ފިޠުރު ޢީދު 1438
ހުޅުމާލޭ ފިޔަވަތީގެ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ޢީދު ފާހަގަކުރައްވައިފި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށްވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ރާވާފައި

ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުންގެންދާ ކުދިންނާއި އެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީ އާދިއްތަ ދުވަހު ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފިއެވެ.

މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މިނިސްޓަރ ވަނީ ކުޑަކުދިންގެ ކާޓޫން ފިލްމް" ކާޒް 3" ގެ ޙާއްސަ ޝޯއެއް ޝުވެކް ސިނަމާގައި އުމުރުން 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނާއިއެކީ ބައްލަވާލައްވާފައެވެ.  

ކުދިންގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަވައިދެއްވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެ ދެ ކުންފުންޏައްވެސް މިނިސްޓްރީގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.

މިހަރަކާތުގެ އިތުރުން ހުޅުމާލޭގައި ބޭއްވި "ހޮޓް އެއާ ބެލޫން ފެސްޓިވަލް" ބަލާލައި، ކްލަބްމެޑް ކަނިފިނޮޅުން އިންތިޒާމުކުރި ޙާއްޞަ ކުޑަކުދިންގެ ހަވީރެއްގައިވެސް ފިޔަވަތީގެ ކުދިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން އީދު ބަންދުގެ ތެރޭގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް