Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 21:29
ފުލުހުން އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަން
ފުލުހުން އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަން
ރާއްޖެއެމްވީ
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި
6 އުޅަނދަކާ މެދު ވަނީ ފިޔަވަޅު އެޅިފައި
ދިވިލި މަތަ މިއީ ކުރިންވެސް އައްޑޫސިޓީގައި ހިންގި އޮޕަރޭޝަނެއް

އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، ގަވައިދާ ހިލާފުވި 6 ފަރާތަކާއިމެދު ފިޔަވަޅު އަޅާފައިވާ ކަަމަށް ފުލުުހުން ބުނެފިއެވެ.

 "ދިވިލި މަތަ" ގެ ނަމުގައި ހިންގި މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

މިހަރަކާތުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ވަނީ ބައިވެރިވެފައެވެ.

 އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫގައި މި ޓްރެފިކް އޮޕަރޭޝަން ހިންގާފައިވާއިރު މި އޮޕަރޭޝަނަކީ އައްޑޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް، އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވަރދިނެސް ގެ މުއްދަތު ހަމަވެފައިވޭތޯ ބަލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ސްޓިކާ ހަރުކޮށްފައި ހުރިތޯ ބެލުމުގެ އިތުރުން ޓްރެފިކާ ގުޅުންހުރި އެހެން ވަޔަލޭޝަންތައް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ދިވިލި މަތަ" އިގެ ނަމުގައި މީގެ ކުރިންވެސް ފުލުހުންވަނީ އައްޑޫ ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ބާއްވާފައެވެ.

މިދިޔަ މެއި މަހު ހިންގި އެ އޮޕަރޭޝަނުގައި 492 އުޅަނދެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފުވި 11 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް