ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 20:31
މަސްޖިދު އަލް ނަބަވީގައި ރެޑް ކްރެސެންޓް ޓީމު ހަރަކާތްތެރިވަނީ
މަސްޖިދު އަލް ނަބަވީގައި ރެޑް ކްރެސެންޓް ޓީމު ހަރަކާތްތެރިވަނީ
ސައުދީގެޒެޓް
މަސްޖިދު އަލް ނަބަވީ
މަސްޖިދު އަލް ނަބަވީގައި މީހަކު ވިހައިފި
މަސްޖިދު އަލް ނަބަވީގައި ވިހެއި އަންހެން މީހާއާއި ދަރިފުޅު ތިބީ ގަދަވެ

މަދީނާގައި ހުންނަ މަސްޖިދު އަލް ނަބަވީ އަށް އަޅުކަމުގައި ގޮސް ހުރި އަންހެނަކު ވިހައިިފިއެވެ.

އެ އަންހެން މީހާ ވިހަން ކުއްލިއަކަށް ބަނޑުގައި ރިއްސަން ފެށުމާ އެކު ސައޫދީ ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންގެ ޓީމަކުން އެ އަންހެން މީހާ މިސްކިތުގެ ގޯތި ތެރޭ ކާމިޔާބުކަމާ އެކު ވިއްސާފައިވާ ކަމަށް ސައޫދީ ގެޒެޓްގެ ހުކުރު ދުވަހުގެ އަދަދުގައި ބުނެފައިވެއެވެ.

ސައޫދީ ރެޑް ކްރެސެންޓްގެ ވެރިޔާއާއި ހަވާލާދީ ސައޫދީ ގެޒެޓް ވެބްސައިޓް ބުނާގޮތުން ރެޑް ކްރެސެންޓް ޓީމުން އަންހެން މީހާއާ ހަމަޔަށް ފޯރި އިރު އޭނައަށް ވަނީ ވިހެއުމުގެ ވޭންވަރު އަންނަން ފަށާފައެވެ. އެހެން ކަމުން އެމްބިއުލަންސް ސަރވިސްގެ ޕްރޮޓޮކޯލްއާ އެއްގޮތަށް އަދި އެތާ އެވަގުތު ހުރި ހެލްތު ޕްރެކްޓިޝަނަރެއްގެ މަދަދާ އެކު ރައްކާތެރިކަމާ އެކު ޓީމުން މިސްކިތުގެ ގޯތިތެރޭގައި އެ އަންހެން މީހާ ވިއްސާފައިވާކަމަށް ވެއެވެ. އެއަށް ފަހު ޓެސްޓުތައް ހެދުމަށް ޓަކައި މަންމައާއި ދަރިފުޅު ބާބް ޖިބްރީލް ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށް އެ ނޫހުގައި ބުނެއެވެ.

ސައޫދީ އެމްބިއުލަންސް ސަރވިސްއާ އެކު ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ވޮލަންޓިއަރ ޓީމުތަކަކީ ދިމާވާ އިމަރޖެންސީތަކުގައި ކަންތައް ކުރާނެ ގޮތުގެ ތަމްރީނު ދީފައިވާ ބަޔެކެވެ. ނަމަވެސް މިއީ ވަރަށް ވެސް މަދުން ނޫނީ ދިމާނުވާ ފަދަ ހާދިސާއެކެވެ.

- ކޮމެންޓް
25 ނޮވެންބަރ 2023 | ހޮނިހިރު 14:05
ނުރަބޯ
އެ ދެމައިންނަށް މާތްﷲ ރަޙްމަތް ލައްވަވާށި. އާމީން.