ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 07:07
ތައިލެންޑްގައި ދިން ކާރުގެ ބޮމުގެ ހަމަލާ
ތައިލެންޑްގައި ދިން ކާރުގެ ބޮމުގެ ހަމަލާ
ރޮއިޓަސް
ކާރުގެ ބޮމުގެ ހަމަލާ
ތައިލެންޑްގައި ދިން ކާރުގެ ބޮމުގެ ހަމަލާއާއެކު އެކަކު މަރު
ދެ މީހެއްގެ ހާލު ސީރިއަސް

ތައިލެންޑުގެ ދެކުނުގައިވާ ނަރަތިވަތްގައި ދިން ކާރުގެ ބޮމުގެ ހަމަލާއާ އެކު އެކަކު މަރުވެއްޖެއެވެ.

މި ހާދިސާގައި ބޮން ގޮއްވައިލާފައި ވަނީ ފުލުހުންގެ އިމާރާތެއްގެ ކުރިމަތީގައެވެ. ތައިލެންޑްގެ ފުލުސް އޮފިސަރަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ގޮވާޒާތުގެ ތަކެތި ކާރުގެ ތެރޭގައި ބެހެއްޓުމަށްފަހު ފުލުހުންގެ ޔުނީފޯމް އަޅައިގެން ހުރި މީހަކު ވަނީ ފިލާފައެވެ. އެމީހާ ކާރު ޕާކުކޮށްފައިވަނީ ފުލުހުންގެ އިމާރާތް ކައިރީގައެވެ.

މި ހަމަލާގައި 28 މީހުން ޒަޚަމުވި ކަމުގައި ނަރަތިވަތްގެ ގަވަރުނަރު ސަނަން ޕޯންގަސްކޯން ވިދާޅުވިއެވެ. އޭގެތެރޭގައި ފުލުހުންނާއި އާންމުން ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ. މި ހަމަލާގެ ފަހަތުގައިވާ މީހާ ހޯދުމަށް ފުލުހުން މިހާރު ތަހުޤީޤު ފަށާފައިވާއިރު އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ސީ.ސީ.ޓީ.ވީ ކެމެރާތައް ބަލައިގެން، ކާރު އެތަނުގައި ޕާކު ކުރި މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ހާދިސާގައި ޒަޚަމުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމުގައި ވެސް ޕޯންގަސްކޯން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް