އީދު ނަމާދަށް ފަހު މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ދިރާގުން އީދު ހަދިޔާ ބަހައިފިއެވެ.
ދިރާގުންބުނީ ހަދިޔާ ބެހުމުގައި ދިރާގު މުވައްޒަފުން ހަރަކާތްތެރިވި ކަމަށާއި މާލެއާއި އަތޮޅުތަކުގައި ދިރާގު ރީޖަނަލް ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް ސަރަހައްދެއްގައި އީދު ހަދިޔާ ބެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި އީދު އުފާ ފާހަގަކުރުމުގެ ގޮތުން ހަދިޔާ ބަހާފައިވަނީ ކުޑަކުދިން ޖަމާވާ ސަރަހައްދުތަކުގައި ކަމަށް ދިރާގުން ބުނެއެވެ.
އީދު ހަދިޔާ ބެހުމަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ ސަގާފަތެއްކަމަށާއި މިފަދަ ހަދިޔާތައް ބެހުމަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އެންމެންނަށް އީދު އުފަލުގައި ބައިވެރިވުމަށް ލިބިގެންދާ ފުރުސަތެއްކަމަށްވެސް ދިރާގުން ބުނެއެވެ.
މީގެ އިތުރުން މިއަހަރުގެ އީދުގައިވެސް ކުޑަކުދިންނަށް ބޭނުންތެރި ހަދިޔާތަކެއް ދެވުމަކީ ދިރާގު މުވައްޒަފުންނަށް ލިބުނު އުފަލެއްކަމަށާއި ކުޑަކުދިން ހަރަކާތްތެރި ކުރުވުމާއި ހިމާހަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށްބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ވަނީ މިދިޔަ އަހަރުގެ ފިތުރުޢީދާ ގުޅިގެންވެސް ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައިވެއެވެ.