Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 23:21
ފުލުހުން: އީދު ކުޅިވަރު ކުޅުމުގައި ރައްކާތެރިވުމަށް އިލްތިމާސް ކުރޭ
ފުލުހުން: އީދު ކުޅިވަރު ކުޅުމުގައި ރައްކާތެރިވުމަށް އިލްތިމާސް ކުރޭ
ރާއްޖެއެމްވީ
ފުލުހުން
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
މަގުމަތީގައި ކުޅިވަރު ކުޅޭނަމަ ހުއްދަ ނެގުމަށް ސަމާލުވާން ޖެހޭ
ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ބަލަން ޖެހޭ

ފިތުރު އީދު ބަންދުގައި ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ބުނީ އީދު ކުޅިވަރު ކުޅުމުގެ ތެރޭގައި ރައްކާތެރިކަން އިސްކުރުމަށާއި މަގުމަތީގެ ހަރަކާތްތަކުގައި ހިނގާ މީހުންނަށާއި ދުއްވާއެއްޗިއްސަށް ބެލުމަށެވެ.

ކުޅިވަރުތަކަށް މަގުމަތި ބޭނުން ކުރާނަމަ ނަގަން ޖެހޭ ހުއްދަ ނެގުމަށް ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކަށާއި ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އީދު ބަންދަށް އެކިއެކި ތަންތަނަށް ދާއިރު ގޭތެރެ ހުސްކޮށް އޮތްކަމާއި ރަށުން ބޭރަށް ދާކަން ސޯޝަލް މީޑިޔާގައި ހާމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށެވެ.

އާދީއްތަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެމިނިސްޓްރީން އެގޮތައް ކަނޑައެޅީ ރާއްޖެއަށް ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވިނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިވާކަމަށް ރަސްމީކޮށް މައުލޫމާތު ދީފައިވާތީކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ ފިތުރު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށްވެސް ވަނީ ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް