ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 07:08
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފްތާ ބަންދުގައި ވިއްސާރަކުރާނެ
ހުކުރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ދެކުނުގެ ބައެއް ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ

ހަފްތާ ބަންދުގައި ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި މެދުރާއްޖެތެރެ އަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހޮނިހިރު ދުވަހު ވެސް އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ ބައެއް ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް