ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 19:54
"ވުނަދާނަ ފެސްޓިވަލް 2022" ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޒިޔާރަތްކުރެއްވުން
"ވުނަދާނަ ފެސްޓިވަލް 2022" ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޒިޔާރަތްކުރެއްވުން
ރައީސް އޮފީސް
ވުނަދާނަ ފެސްޓިވަލް 2022
ވުނަދާނަ ފެސްޓިވަލް 2022 ފަށައިފި
މި ހަރަކާތުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުންވެސް ބައިވެރިވޭ

އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްސަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ހެދިގޮނޑުދޮށުގައި ފަށައިފިއެވެ.

މި ފެސްޓިވަލް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބުދަ ދުވަހުގެ ހަވީރު ވަނީ މި ފެސްޓިވަލްއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައިހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން ކުރިއަށްގެންދާ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވާއިރު، މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށްވެސް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ.

އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ހަރަކާތުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުންވެސް ބައިވެރިވެ، އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކާއި ފުރުސަތުތަކުގެ މަައުލޫމާތުދިނުންފަދަ ހަރަކާތްތައްވެސް ކުރިއަށްގެންދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް