Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 21:01
ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ އީދު ދުވަސް ކަމުގައި ކަނޑައަޅައިފި
ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ އީދު ދުވަސް ކަމުގައި ކަނޑައަޅައިފި
ޝަޓާ ސްޓޮކް
ފިތުރު އީދު
ސައޫދީ އަށް ހަނދު ފެނިއްޖެ، މާދަމާއަކީ އީދު
މާދަމާއަކީ އީދު ކަމަށް ސައޫދީން ވަނީ ރަސްމީކޮށް ކަނޑައަޅާފައި
ސްރީ ލަންކާއަށް މާދަމާ ރޯދަމަހު ފަހު ދުވަސް
ކަލަންޑަރުގައި ބުނާ ގޮތުން މާދަމާއަކީ ރާއްޖެއަށްވެސް ޝައްވާލް މަހުން 1

ސައޫދީ އަރަބިއްޔާއަށް ޝައްވާލް މަހުގެ ހަނދު ފެނުމާ ގުޅިގެން އާދީއްތަ ދުވަހަކީ އެ ޤައުމަށް 1438 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

 

 މާދަމާއަކީ މިއަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސައުދީން ކަނޑައަޅާފައި ވަނީ އެޤައުމުގެ ރެލިގެސް އެފެއާޒ މިނިސްޓްރީން ބޭއްވި ހަނދު ސާބިތު ކުރުމާ ގުޅޭ ރަސްމީ ޖަލްސާއިންނެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެލިޖަސް އެފެއާޒް މިނިސްޓަރ ލުކްމާން ހާފިޒް ސައިފުއްދީން ވިދާޅުވީ ޝައްވާލް މަހުގެ ހަނދާ ގުޅޭ ގޮތުން ހަ މީހަކުއެއް މައުލޫމާތެއް ދެއްވައިފައިވާތީ ހަނދު ފެނުނުކަން ސާބިތު ވާތީ މާދަމާއަކީ އީދު ކަމުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

 

ސައޫދީން ހަނދު ސާބިތު ކުރާ ކޮމެޓީ (އިސްބަތު) ބައްދަލުވުމުގައި އިންޑޮނޭޝިޔާގެ އުލެމާ ކައުންސިލާއި ދީނީ ޖަމްއިއްޔާތައް ވަނީ ބައިވެރިވެފައެވެ.

 

ސައޫދީގެ އިތުރުން ޤަތަރު ފަދަ އިސްލާމީ ބައެއް ޤައުމުތަކުންވެސް ވަނީ މާދަމާއަކީ  ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައެވެ.

 

ދިވެހިރާއްޖެއިންވެސް ވަނީ ރާއްޖެއަށް ޝައްވާލް މަހުގެ ހަނދު ހޮނިހިރު ދުވަހުގެ ރޭ ނުފެނުނު ކަމުގައި ވިއަސް އިސްލާމީ ޤައުމުތަކަށް ހަނދު ފެނުނު ކަމަށް ރަސްމީކޮށް މައުލޫމާތު ދެއްވާފައިވާތީ އާދީއްތަ ދުވަހަަކީ 1438 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައެވެ.

ނަމަވެސް އަވައްޓެރި ސްރީ ލަންކާއަށް ޝައްވާލް މަހުގެ ހަނދު ހޮނިހިރު ދުވަހުގެރޭ ފެނިފައި ނުވާތީ އާދީއްތަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް